މަނީ ލޯންޑަރިންގ ގެ ތުހުމަތުތަކަށް ނޯރާ ފަތޭހީގެ ޓީމުން އިންކާރު ކޮށްފި

އިންޑިއާގެ ފިލްމީ ތަރި ނޯރާ ފަތޭހީ އާއި އޭނާގެ ޓީމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގ ގެ ތުހުމަތުތަކަށް އެ މީހުން އިންކާރުކޮށްފި އެވެ. ނޯރާގެ ޓީމަށް މަނީ ލޯންޑަރިންގެ ތުހުމަތުތައް ކޮށްފައިވަނީ ސު...

17 Oct 2021 | 07:08

އިންޑިއާގެ ފިލްމީ ތަރި ނޯރާ ފަތޭހީ އާއި އޭނާގެ ޓީމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގ ގެ ތުހުމަތުތަކަށް އެ މީހުން އިންކާރުކޮށްފި އެވެ.

ނޯރާގެ ޓީމަށް މަނީ ލޯންޑަރިންގެ ތުހުމަތުތައް ކޮށްފައިވަނީ ސުކޭޝް ޗަންދްރަޝޭކަރްގެ މައްސަލައިގަ އެވެ.

އެޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ އެއްވެސް އަމަލެއްގައި ނޯރާ ނުހިމެނޭނެ ކަމަށެވެ. އަދި ނޯރާއަކީ ސުކޭޝްއާ އެއްވެސް ކަހަލަ ގުޅުމެއް އޮންނަ ފަރާތެއް ނޫން ކަމަށެވެ.

ކެނެޑާއަށް ނިސްބަތްވާ ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ހާޒިރުކުރީ އޭނާގެ ބަޔާނެއް ނަގަން ކަމަށް ވެސް ނޯރާގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނޯރާ އަކީ ވިކްޓިމްއެއް ކަމަށާއި މައްސަލަ ތަހުގީގުކުރާ މީހުންނަށް ނޯރާގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާ ކަމަށް ވެސް އޭނާގެ ޓީމުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސުކޭޝް އަކީ މަލިއާލަމް، ޓެމިލް އަދި ހިންދީ ފިލްމުތަކުން ފެނުނު ބަތަލާ ލީނާ މާރިޔާ ޕައުލްގެ ފިރިމީހާ އެވެ. މި މައްސަލައާ ގުޅިގެން ދިއްލީ ޕޮލިހުން ވަނީ އެ ދެމަފިރިން ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ނޯރާގެ އިތުރުން ބޮލީވުޑްގެ ބަތަލާ ޖެކަލިން ފްރެނާންޑޭޒްއާ ވެސް ވަނީ އިންޑިއާގެ ފިނޭންސް މިނިސްޓްރީގައި އޮންނަ ކަމާ ބެހޭ ޑިޕާޓްމަންޓުން ސުވާލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް