ޕާކިސްތާނުގައި ކަރަންޓް ޔުނިޓަކުން 1.39 ރުޕީސް ބޮޑުކޮށްފި

ޕާކިސްތާނުގައި ކަރަންޓް ޔުނިޓަކުން 1.39 ރުޕީސް ބޮޑުކޮށްފި އެވެ. އެގައުމުގެ ރިޕޯޓުތައް ބުނާގޮތުން މިއީ ޕާކިސްތާންގެ އިގްތިސާދު ރަނގަޅު ކުރުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ހުށަހަޅާފައިވާ އިސްލާޙު...

17 Oct 2021 | 06:43

ޕާކިސްތާނުގައި ކަރަންޓް ޔުނިޓަކުން 1.39 ރުޕީސް ބޮޑުކޮށްފި އެވެ.

އެގައުމުގެ ރިޕޯޓުތައް ބުނާގޮތުން މިއީ ޕާކިސްތާންގެ އިގްތިސާދު ރަނގަޅު ކުރުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ހުށަހަޅާފައިވާ އިސްލާޙުތައް ތަންފީޒު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެވެ.

ކެބިނެޓުގެ ލަފާގެ މަތީން ކަރަންޓުގެ އަގު ބޮޑުކުރުމަށް ނިންމާފައިވާ އިރު، އައު ރޭޓްގައި ބިލް ހަދަން ފަށާނީ ނޮވެމްބަރު މަހުން ފެށިގެން ކަމަށް ޕާކިސްތާނުގެ ސަރުކާރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނަކީ ކަރަންޓަށް ސަބްސިޑީ ދެމުން އައި ގައުމެއްނަމަވެސް މިގެންނަ ބަދަލާއެކު ސަބްސިޑީ ދިނުން ހުއްޓާލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް