ދަނގެތީގައި މަރާލާފައި އޮތްވާ ފެނުނު މަޙުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގާ ހައްޔަރުކުރީ ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މި މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އެ މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ނެވެ.
އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.
މަހްމޫދުގެ މަރާއިގުޅިގެން ފުލުހުންގެ ތަޙްޤީގު ޓީމުން އަދި ވެސް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުން ނެވެ.
މަޙުމޫދު މަރާލާފަ އޮއްވާ ފެނިފައިވަނީ މި އޮކްޓޯބަރ މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އޭނާ މަރާލުމަށްފަހު، ފަޅު ގެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮތް އިރު، ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީފައިވާ ގިނަ ނިޝާންތައް ހުރިކަމަށް މަންޒަރުދުން ފަރާތްތަކުން ވަނީ ބުނެފަ އެެވެ.
އޭނާގެ ހަށިގަނޑު އިތުރު ތަޙުލީލުތައް ކުރުމަށް މާލެ ގެނައުމަށް ފަހު، އަނބުރާ އެރަށަށް ގެންގޮސް ޖަނާޒާ ބާއްވާފައިވަނީ ހުކުރު ދުވަހުގެ ޢަޞުރު ނަމާދަށް ފަހު އެެވެ.
މަޙުމޫދުގެ މަރާ ގުޅިގެން ދަނގެތީގެ ރައްޔިތުންނަށް ޝައްކުކުރެވޭ އިތުރު 3 މީހަކު ވެސް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެ 3 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން އެރަށުން ބާލާ، މަހިބަދުއަށް ގެންގޮސްފަ އެވެ.
މިއިން އެއްވެސް މީހަކު މިކަމުގައި ޝާމިލްވާކަން ނުވަތަ ނޫންކަން އަދިމިހައިތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް