އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން 7 ދުވަހު އެޕަޮއިޓްމަންޓް ދޫކުރަން ފަށަނީ

މަ (އޭއީއެޗް) ގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހަދަމުން އަންނަ އުސޫލަށް ބަދަލުތަކެއް ގެނެސް 7 ދުވަހު އެޕޮއިންޓްމަންޓް ދޫކުރަން ނިންމައިފިއެވެ. އޭއީއެޗުން ބުނީ އެޕޮއިންޓްމަންޓް ހެދުމުގ...

17 Oct 2021 | 05:22

މަ (އޭއީއެޗް) ގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހަދަމުން އަންނަ އުސޫލަށް ބަދަލުތަކެއް ގެނެސް 7 ދުވަހު އެޕޮއިންޓްމަންޓް ދޫކުރަން ނިންމައިފިއެވެ.

އޭއީއެޗުން ބުނީ އެޕޮއިންޓްމަންޓް ހެދުމުގެ އުސޫލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ޑޮކްޓަރުންނަށް ވެއިޓް ލިސްޓު ކުރުން ހުއްޓާލުމާއި، ހަތް ދުވަހަށް އެޕޮއިންޓްމަންޓް ހެދުން ހުޅުވާލުން ހިމެނޭ ކަމަށެވެ.

މިގޮތަށް އެޕޮއިންޓްމަންޓް ހަދަން ފަށާނީ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 8 އިން ފެށިގެން ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.

އޭއީއެޗުން ބުނީ ޑޮކްޓަރަށް ދެއްކުމާއި އަދި އެ ނޫން ވެސް ޚިދުމަތްތައް ހޯދުމުގައި އޮތް ދިގު ކިޔޫއަށް ހައްލެއް ގެނެސްފައިވާ ކަމަށާއި މިހާރު ކިޔޫގައި ހަމައެކަނި ތިބީ އެތެރެހަށީގެ ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ މީހުން ކަމަށެވެ. އެ ކިޔޫ އަށް ވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހައްލެއް ގެނެވޭނެ ކަމަށް އޭއީއެޗުން މައުލޫމާތު ދެއެވެ.

ޑޮކްޓަރަށް ދެއްކުމަށް ދިގު ކިޔޫއެއް އޮތުމަކީ އޭއީއެޗްގައި އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ. އެ މައްސަލަ އަށް ހައްލު ގެނައުމުގެ ގޮތުން އައްޑޫގެ އެހެން އަވަށްތަކުގެ ހެލްތު ސެންޓަރުތަކުގައި އޯޕީޑީތައް ހިންގަން މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް