ކަނޑުވެ މަރުވި އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސްފި

އިއްޔެ މާލެއިން ވ. ފުލިދޫއަށް ދަތުރު ކުރި ލޯންޗުން ކަނޑަށް ވެއްޓި މަރުވި އަންހެން މީހާގެ ހަށިގަނޑު މިއަދު ގެނެސްފި އެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން33 އަހަރުގެ މަރިޔަމް ނާހިދާ އެވެ. އޭނާ މޫދަ...

17 Oct 2021 | 05:19

އިއްޔެ މާލެއިން ވ. ފުލިދޫއަށް ދަތުރު ކުރި ލޯންޗުން ކަނޑަށް ވެއްޓި މަރުވި އަންހެން މީހާގެ ހަށިގަނޑު މިއަދު ގެނެސްފި އެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން33 އަހަރުގެ މަރިޔަމް ނާހިދާ އެވެ.

އޭނާ މޫދަށް ވެއްޓުނީ ލޯންޗަށް އެރި ރާޅަކާއި އެކު ދެ ކުދިންނާއި އެކު އެވެ. މި ހާސިދާގައި ދޮށީ ދަރިފުޅު ސަލާމަތް ކުރވުނު ނަމަވެސް ނާޙިދާގެ ހަގު ދަރިފުޅު އަދިވެސް ނުފެނެ އެވެ.

ނާޙިދާ ކަނޑުން ނަގައިގެން ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ. ސިއްހީ މަރުކަޒުން ލަފާ ކުރާގޮތުގައި އޭނާ މަރުވެފައިވަނީ ލޮނު ބޮވިގެންނެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް10 ކިލޯމީޓަރުގެ ސަރަހައްދެއް ބެލިފައިވާ ކަމަށެވެ.އެކަމަކު ކުއްޖާގެ އެއްވެސް ހިލަމެއް ނުވާ ކަމަށެވެ. ކުއްޖާލައިގެން ހުރީކަޅު ކުލައިގެ ޓީޝާޓެއް ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލު ދުރުން ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އަންގަން ވަނީ އެދިފަ އެވެ.

އިއްޔެ ހަވީރު 5:30 ހާއިރު އޮޅުވެލި ރިސޯޓް ކައިރީ މި ހާދިސާ ހިނގި އިރު ލޯންޗުގައި 12 މީހުން ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް