ނިއު ޒިލޭންޑުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެ ވަނަ ދައުރަކަށް ޖަސިންޑާ ޢައްޔަން ކުރެއްވުމުން ރައީސް ސޯލިހު މަރުހަބާ ދަންނަވައިފި

ނިއު ޒިލޭންޑުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެ ވަނަ ފަހަރަށް އައްޔަންވި ޖަސިންޑާ އާޑަންއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ. ޖަސިންޑާއަށް މަރުހަބާ ދަންނަވާ ރައީސް ކުރެއްވި...

17 Oct 2020 | 12:32

ނިއު ޒިލޭންޑުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެ ވަނަ ފަހަރަށް އައްޔަންވި ޖަސިންޑާ އާޑަންއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޖަސިންޑާއަށް މަރުހަބާ ދަންނަވާ ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޖޯގަރަފީ ގޮތުން ދެ ގައުމުން ދުރުގައި އޮތްނަމަވެސް ދެ ގައުމުގެ އެކުވެރިކަމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް އައިސްފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ދެ ގައުމަށް ވެސް ފައިދާވާނެހެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

https://twitter.com/ibusolih/status/1317434115881279493

ރާއްޖެއާ ނިއުޒިލޭންޑާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވަނީ 1974 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 10 ވަނަ ދުވަހު އެވެ.

ޖަސިންޑާ ދުނިޔޭގައި އެންމެ މަގްބޫލު ބޮޑު ވަޒީރުންގެ ތެރޭގައި ހިމެނެ އެވެ. އެކަމަނާގެ މަގްބޫލުކަން އިތުރުވެފައިވަނީ ނިއުޒިލޭންޑުގެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާއެއްގައި ދެއްކެވި ލީޑާޝިޕުގެ އިތުރުން ކޮރޯނާ ވައިރަސްއިން އެގައުމު ސަލާމަތްކުރުމަްށް އެކަމަނާ ކުރެއްވި މަސައްކަތްށް ގިނަ ގައުމުތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް