އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް، 17 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.
މީގެ އިތުރުން އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން، އަހަރުގެ އެންމެ އީޖާދީ ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އަދި އެންމެ އީޖާދީ ކަސްޓަމަރ ސަރވިސް ފޯރުކޮށްދޭ ކުންފުނީގެ އެވޯރޑްވެސް އުރީދޫ މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.
ގޯލްޑް ސްޓީވީ އެވޯރޑްތަކުގެ އިތުރުންވެސް ކުންފުނިން ވަނީ ފަޚުރުވެރި އެތައް އެވޯޑެއް ޔަގީންކޮށްފައެވެ. އޭގެ ތެރެއިން:
17ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް
- ގޯލްޑް ސްޓީވީ - ކޮންޕެނީ އޮފް ދަ އިޔަރ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
- ސިލްވަރ ސްޓީވީ - މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔަރ ( 2500 މުވައްޒަފުނާއި ހަމައަށް)
- ބްރޮންޒް ސްޓީވީ - މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)
- ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް
އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް
- ގޯލްޑް ސްޓީވީ - އެވޯޑް ފޮރ އިނޮވޭޝަން އިން އެޕްސް
- ގޯލްޑް ސްޓީވީ - އެވޯޑް ފޮރ އިނޮވޭޝަން އިން ކަސްޓަމަރ ސަރވިސް
- ސިލްވަރ ސްޓީވީ - އެވޯޑް ފޮރ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ
"ދިވެހިރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އާންމު ދިރިއުޅުމަށް އިތުރު ފަސޭހަކަމެއް ގެނެސްދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ފާހަގަކޮށް، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމިއުނިކޭޝަންސް ކުންފުނީގެ އެވޯރޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފާއިތުވީ އަހަރުގެ ތެރޭގައި އެކަނިވެސް، އުރީދޫއިން ވަނީ އުރީދޫގެ ނެޓްވޯރކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށްފަ. މީގެ އިތުރުން އެތަކެއް އީޖާދީ ޚިދުމަތްތަކެއްވެސް ވަނީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްދީފަ. ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތްތަކުގެ އިތުރުން، އެމް-ފައިސާގެ ޚިދުމަތާއި އީ-ކޮމާރސްގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް އެއް ޕްލެޓްފޯރމަކުން ފޯރުކޮށްދިނުމުގެގޮތުން ލައިފްސްޓައިލް އެޕަކަށް އުރީދޫ އެޕްވެސްވަނީ ބަދަލުކުރެވިފަ. މި ފުރުސަތުގައި އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި މި ހިތްވަރާއި އެކު އުރީދޫގެ ޚިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އެކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ވަނީ އެޗް-ޑީ ވޮއިސް ގެ ޚިދުމަތާއި ވޮއިސް އޯވަރ ވައިފައި ގެ ޚިދުމަތާއިއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ ވަރުގަދަކޮށްދީފައެވެ.
މީގެ އިތުރުން ފެންވަރު ރަނގަޅު އިންޓަނެޓް، އުރީދޫ ސުޕަރނެޓް ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ %65 އަށް ވަނީ ފޯރުކޮށްދީފައެވެ. އުރީދޫ މޯލްޑިވްސްގެ ސެލްފް ކެއަރ އެޕްގެ އަޕްގްރޭޑާއި އެކު، އުރީދޫގެ މޯބައިލް މަނީ ޚިދުމަތް އެމް-ފައިސާ އަދި އީ-ކޮމަރސް ޕްލެޓްފޯރމް މޫލީގެ ޚިދުމަތްވެސް އެއް ޕްލެޓްފޯރމަކުން ލިބުމުގެ ފަސޭހަ ފަހިކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ލިބޭނެ ގޮތަށްވަނީ ބަދަލުކުރެވިފައެވެ.
ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯރމްތަކުގެ ސަމާލުކަން ހޯދާ، ފަޚުރުވެރި އެވޯޑްތައް ހާސިލްކުރަމުންނެވެ.
ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.
ސަރުކާރާއި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިގޮތުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް