ލ. ފޮނަދޫ ކައުންސިލުން އިސްނަގައިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކޮށްފިއެވެ.
ލ. ފޮނަދޫ ކައުންސިލުން އިސްނަގައިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރުއް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިޔައް ގެންގޮސްފައެވެ.
ފޮނަދޫ ކައުންސިލުން ހިންގި މި ޕްރޮގްރާމްގެ ދަށުން މިމަހުގެ 16 ވަނަ ދުވަހު ހެނދުނުވަނީ ފޮނަދޫ ހުޅަނގު ފަރާތުގެ އަތިރިމަތީގައި 100 ރުއް އިންދާފައެވެ. ފޮނަދޫ ކައުންސިލްގެ މި ރުއް އިންދުމުގެ މަސައްކަތުގައި ކައުންސިލާއި ފޮނަދޫގައި ހުންނަ ސަރުކާރު އިދާރާތަކުގެ މުވައްފަޒުން ވަނީ ބައިވެރިވެފައެވެ.
މި މަސައްކަތަކީ އެމް.ޓީ.ސީ.އީ އާއި ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ އެހީތެރިކަމާއެކު ހިންގުނު ޕްރޮގްރާމެކެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް