ރައީސް ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި މައްސަލައެއް ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޖަމިއްޔަތުއްސަލަފުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ދަންނަވައިފިއެވެ. ޖަމިއްޔަތުއް ސަލަފުން...

17 Oct 2019 | 12:55

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޖަމިއްޔަތުއްސަލަފުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ދަންނަވައިފިއެވެ.

ޖަމިއްޔަތުއް ސަލަފުން އިސްލާމިކް މިނިސްޓަރަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް ނެރެފައިވާ ރިޕޯޓުގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވާ ކަމަށެވެ.

ސަލަފުން ބުނީ ރައީސް ނަޝީދު ތަފާތު އެކި މަގާމުތަކުގައި އެމްޑީއެންގެ ރިޕޯޓު އަނބުރާ، ހޭރިޔާ ކޮށްގެން ހީލަތްތެރި އަދި މަކަރުވެރި އަންދާޒެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އަދި އެމްޑީއެންގެ ރިޕޯޓަކީ އާދައިގެ ކަމެއްކަމުގައި ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަލަފުން ބުނީ އިސްލާމީ މުޖްތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިދާ ފަދައިން ވާހަކަ ރައީސް ނަޝީދު ދައްކަމުންދާތީ އެކަން ހުއްޓުވައި ދެއްވައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބު ނަޝީދަށް ދެއްވުމަށް އެދި ހުށަހަޅާ ކަމަށެވެ.

ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީއެން ރިޕޯޓުގައި ހުރި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައިވާއިރު އެ މައްސަލާގައި އެމްޑީއެން ވެސް މިހާރު ވަނީ ސަސްޕެންޑު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް