ބަނގުރާ ފުޅިތަކަކާއި އެކީ ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ހުޅުމާލެ ފުލުހުން މި މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 19:52 ހާއިރު މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ، މި މީހާ ދަބަހެއް ހިފައިގެން ދަނިކޮށް، އެ މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު ދަބަސް ތެރެއިން ހަ ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ މިހާރު ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް