ޑރ. ޖަމީލް ސަރުކާރަށް: ނަމުގައި ބަދަލު ދިނުން، ކަމުގައި ރަށްޓެހިންގެ ޖީބުތައް ފުރުން

ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި "ރަށްޓެހިންގެ ޖީބު ފުރަމުންދާ" ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ޖަމީލް މިއަދު ވި...

17 Oct 2019 | 07:54

ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި "ރަށްޓެހިންގެ ޖީބު ފުރަމުންދާ" ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް މިއަދު ވިދާޅުވީ ހުކުމަކާ ނުލައި ބަދަލު ދިނުމަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމަށެވެ.

"ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދަނީ. ހުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ހަރަދުކުރި މީހުންނަށް؟،" ޖަމީލް ތުހުމަތު ކުރެއްވި އެވެ.

https://twitter.com/mjameelahmed/status/1184695032827170816?s=21

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދިފަހުން ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަަނެއްހާ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އޭގެ ތެރޭގައި ދީބާޖާ ކުންފުންޏަށް ދޭނެ ކަމަށް ބުނާ 348 މިލިއަން ރުފިޔާއާ، ނެކްސް ބިޒްއަށް ދޫކުރި 276 މިލިއަން ރުފިޔާއާ، ދާދި ފަހުން ނޫމަޑިއަށް ދޫކުރަން ނިންމި 848 މިލިއަން ރުފިޔާ ހިމެނެ އެވެ. އޭގެ އިތުރުން ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދީފައިވާ އިރު ސީޖީޓީއަށް 22 މިލިއަން ރުފިޔާގެ ބަދަލެއް ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް