ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން: ޝަޒައިލް

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމުގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ. ޝަޒައިން މިހެން ވިދާޅުވީ ސޯޝަލް މީޑިއ...

17 Oct 2019 | 07:20

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމުގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝަޒައިން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ.

"އަޅުގަނޑު ކުންފުނި ހިންގާފައިވާގޮތް ހިސާބުތަކުން ފެންނަން ހުންނާނެ" ޝަޒައިލްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

އެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ދަށުން އޭނާއާއި މެދު ހުށަހަޅާފައިވާ ތުހުމަތުތައް ބަލައި ނިމެންދެން، ސަސްޕެންޑް ކުރަން ނިންމެވި ނިންމެވުމަށް އިހުތިރާމްކޮށް މަރުހަބާ ކިޔާ ކަމަށެވެ.

ޝަޒައިލްގެ ސަސްޕެންޝަނާ ބެހޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ޝަޒައިލް ސަސްޕެންޑް ކުރީ ދެ ދުވަސް ކުރިން ކަމަށެވެ. އޭނާ ސަސްޕެންޑް ކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް