ރ. ވާދޫ އާއި ލ. ކަލައިދޫގައި މިސްކިތް އިމާރާތް ކުރުމުގެ އެއްބސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވާދޫ އާއި ކަލައިދޫގައި މިސްކިތް އިމާރާތްކުރަން ހަވާލުކޮށްފައި ވަނީ އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި އެސްކޮންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝައުކަތު އަހުމަދު ދީދީ އެވެ.
https://twitter.com/MVIaffairs/status/1184400539779338240
ވާދޫ މިސްކިތުގެ މަސައްކަތް 4.46 މިލިއަން ރުފިޔާ އަށް އެކުންފުންޏާ ހަވާލުކޮށްފައިވާއިރު މަސައްކަތް ނިންމުމަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.
ކަލައިދޫ މިސްކިތަކީ ފަސް މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ރަށުގައި އިމާރާތްކުރާ މިސްކިތް އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ 270 ދުވަހުގެ ތެރޭ ނިންމައި ސަރުކާރާ ހަވާލުކުރާ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް