ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ އެވެ.
ދެ ލޯންޗު އެކްސިޑެންޓް ވެފައި ވަނީ މާލެ ފަޅު ބޭރުންނެވެ.
ފުލުހުން ވިދާޅުވީ، މާލެ ފަޅު ބޭރުން ދެ ލޯންޗު ޖެހި އެކްސިޑެންޓް ވެފައިވާތީ ފުލުހުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިއަދު 10:08 ހާއިރު ހިނގި މި އެކްސސިޑެންޓްގައި އަނިޔާވެފައި ވަނީ ދިވެހި އަންހެން ކުއްޖަކާއި ތިން ފިރިހެނުންނަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނ ީ17 އަހަރުގެ އަންހެން ކުއްޖަކާއި، 28، 38 އަދި 50 އަހަރުގެ ތިން ފިރިހެނުންނަށެވެ.
އަނިޔާވި މީހުންގެ ތެރެއިން 50 އަހަރުގެ މީހާއަށް ބޮޑަށް އަނިޔާވުުމުގެ ސަބަބުން އޭނާ އަށް ދަނީ އޮބްޒަރވޭޝަންގައި ފަރުވާ ދެމުންނެވެ. އަނެއް ތިން މީހުންނަށް ލިބިފައި ވަނީ ކުދިކުދި އަނިޔާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ލޯންޗު ދުއްވި ދެ މީހުން އަތުގައި ވެސް ލައިސަންސް އޮވެއެވެ.
އެމީހުނަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް