ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ރައީސް ފައްޓަވާދެއްވައިފި

ދ. އަތޮޅު ހޮސްޕިޓަލުން ދަތުގެ ބަލިތަކަށް ފަރުވާ ލިބޭ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވައިފިއެވެ. މި ހިދުމަތް ރައީސް ފައްޓަވައިދެއްވީ ދ. އަތޮޅުގެ ސިއްޚީ ޚިދުމަތަށް ރަންޔޫބިލް...

17 Oct 2019 | 04:31

ދ. އަތޮޅު ހޮސްޕިޓަލުން ދަތުގެ ބަލިތަކަށް ފަރުވާ ލިބޭ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވައިފިއެވެ.

މި ހިދުމަތް ރައީސް ފައްޓަވައިދެއްވީ ދ. އަތޮޅުގެ ސިއްޚީ ޚިދުމަތަށް ރަންޔޫބިލް ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި، ހެލްތު މިނިސްޓަރ އަބުދުﷲ އަމީންއާއި، މިދާއިރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދ. އަތޮޅުގެ ސިއްޚީ ހިދުމަތަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދ. އަތޮޅު ޞިއްޙީ ޚިދުމަތުގައި 25 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރުމާއި، ފާއިތުވެދިޔަ އަހަރު އެ އަތޮޅުން ފާހަގަކުރެވުނު "ބެސްޓް ހެލްތު ސެންޓަރ" އަށް ހަނދާނީ ފިލާ ހަވާލުކުރުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ވުވައްޒަފުންގެ ތެރެއިން 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުގެ އަގުވަޒަންކޮށް ހަނދާނީ ފިލާވަނީ އަރުވާފައެވެ.

އަދި ދ. ކުޑަހުވަދޫގެ ކޮންމެ ގެޔަކަށް ފުރަތަމަ އެހީދޭނެ މީހެއް" މި ޕޮރޮގްރާމުގެ ދަށުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ދ. ކުޑަހުވަދޫގެ ކޮންމެ ގެޔަކަށް ހަވާލުކުރާ ފަސްޓްއެއިޑް ކިޓް މި ރަސްމިޔާތުގައި ތެރެއިން ވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން ދ. އަތޮޅު ޞިއްޙީ މަރުކަޒުން ދެމުންދާ  ޚިދުމަތްތަކުގެ މައްޗައް ތައްޔާރުކުރެވިފައިވާ ވީޑިއޯ ރިޕޯޓެއް ވެސް މި ހަފްލާގެ ތެރެއިން ވަނީ ދައްކާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް