ޖަސްޓިސް ބިލްޑިންގ ގެ އޭސީއެއްގެ އައުޓް ޑޯ ޔުނިޓް ވަގަށް ނަގައި ވިއްކާލަން އުޅެނިކޮށް ހައްޔަރުކޮށްފި

ޖަސްޓިސް ބިލްޑިންގގައި ހަރުކޮށްފައި ހުރި އޭސީއެއްގެ އައުޓް ޑޯ ޔުނިޓް ވަގަށް ނައްޓުވާލައިގެން ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، ޖަސްޓިސް ބިލްޑިންގ ގައި ހަރުކޮށްފައިހުރި އޭސީ...

17 Oct 2019 | 03:57

ޖަސްޓިސް ބިލްޑިންގގައި ހަރުކޮށްފައި ހުރި އޭސީއެއްގެ އައުޓް ޑޯ ޔުނިޓް ވަގަށް ނައްޓުވާލައިގެން ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޖަސްޓިސް ބިލްޑިންގ ގައި ހަރުކޮށްފައިހުރި އޭސީއެއްގެ އައުޓް ޑޯ ޔުނިޓް ނައްޓުވާލައިގެން ވިއްކާލަން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފައި ވަނީ ބާޒާރުމަތިން ކަމަށެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 6:59 ހާއިރު އެވެ.

https://twitter.com/PoliceMv/status/1184675133476069376

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 45 އަހަރާއި 50 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް