ޓޫރިޒަމް ސިނާޢަތުގެ ބައިވެރިންނާ މަޝްވަރާކުރުމަށް ޝާހިދު އަނެއްކާވެސް ސަރުކާރަށް ގޮވާލައްވައިފި

ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތައް އެކުލަވާލުމުގައި، އެސިނާޢަތުގެ ބައިވެރިންނާއެކު ސަރުކާރުން މަޝްވަރާކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަނެއްކާވެސް ގޮވާލައްވައިފިއެވެ. އެކްސް ގައި ކުރެއް...

17 Sep 2026 | 13:54
އަބްދުﷲ ޝާޙިދު -- ފޮޓޯ: ޝާހިދް ކެމްޕެއިން ޓީމް

އަބްދުﷲ ޝާޙިދު -- ފޮޓޯ: ޝާހިދް ކެމްޕެއިން ޓީމް

ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތައް އެކުލަވާލުމުގައި، އެސިނާޢަތުގެ ބައިވެރިންނާއެކު ސަރުކާރުން މަޝްވަރާކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ސިޔާސަތުތަކަށް ގެންނަމުންދާ ދެއުޅިއެއްނުވާ ދޯހަޅި ބަދަލުތަކުގެ ސަބަބުން މިއަދު ޓޫރިޒަމް އިންޑަސްޓްރީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީގައި އޮތްކަމަށެވެ.

އަދި ދިވެހިރާޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ގެ ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ނުކޮށް ގެނެވޭ ކޮންމެ ބަދަލަކީ އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ބަދަލެއްކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ގެންގުޅޭ ގޮތްދޫނުކުރުމުގެ ސިޔާސަތު ދޫކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއި އެކު މަޝްވަރާއަށް ދިޔުމަށް ސަރުކާރަށް ޝާހިދު ގޮވާލެއްވިއެވެ.

އިތުރަށް ވިދާޅުވީ ޓޫރިޒަމް ސިނާޢާތުގެ ބައިވެރިންގެ އަޑުއަހައި، ދިވެހިރާއްޖޭގެ ޓޫރިޒަމް ސަލާމަތްކުރުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެއްޓުމަށްވެސް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް