އަންނައަހަރު ނިމުމުގެ ކުރިން ކޮންމެ ރަށަކުންވެސް 30 މިނެޓްތެރޭގައި އެއަރޕޯޓަށް ދެވޭނެ

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓް ތެރޭގައި އެއަރޕޯޓަށް ދެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ވިދާޅުވެއްޖެއެވެ. ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުޙައިރު ވިދާ...

17 Sep 2019 | 11:43

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓް ތެރޭގައި އެއަރޕޯޓަށް ދެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ވިދާޅުވެއްޖެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުޙައިރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށެވެ.

އެގޮތުން ހޯރަފުށި، ފަރެސްމާތޮޑާ، ށ.ފުނަދޫ، ގދ.މާވާރުލު އަދި ޅ.މަޑިވަރުގައި ކުރަމުން އަންނަ އެއަރޕޯޓްތަކުގެ މަސަތްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ތިރީސް މިނެޓް ތެރޭގައި އެއަރޕޯޓަށް ދެވޭނެގޮތް ހަމަޖެހިގެންދާނެ ކަމުގައިއެވެ.

"ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނަގަ އެބައިން ތިރީސް މިނެޓް ރޭޑިއަސްގަ އެއަރޕޯޓެއް. އެއަށްބަލާނަމަ އަޅުގަނޑުމެން މިހާރު ފެންނަ ގޮތުގަ މިހާރު މަދީ އެންމެ އެއަރޕޯޓެއް. އެއީ މ.މުލި. އެ ނިމުނީމަ އެއިރުން ކަވަރުވޭ." ޓްރާންސް ޕޯޓް މިނިސްޓޤރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވިއެވެ.

ރީޖަނަލް އެއަރޕޯޓްސް އިން ވިދާޅުވީ، 30 މިނެޓުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެއަރޕޯޓަށް ދެވޭނެ މަގު ފަހިވެގެންދާއިރު ހދ.މަކުނުދޫގެ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދޭންޖެހޭކަމަށެވެ. އެގޮތުން މަކުނުދޫއަށް ސީޕްލޭންފަދަ ޚިދުމަތެއް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވިއެވެ.

30 މިނެޓް ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއަރޕޯޓަކާ ހަމައަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް