ފޯނުވިއްކާ ފިހާރައެއް ފަޅާލައި ވައްކަން ކޮށްގެން ނިކުތް ޒުވާނަކު ހައްޔަރުކޮށްފި

މާލޭގައި ފޯނުވިއްކާ ފިހާރައެއް ފަޅާލައި އެ ފިހާރައިން ވައްކަން ކޮށްގެން ނިކުތް ޒުވާނަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ 04:40 ހާއިރު ފުލުހުންނަށް ހ...

17 Sep 2019 | 10:30

މާލޭގައި ފޯނުވިއްކާ ފިހާރައެއް ފަޅާލައި އެ ފިހާރައިން ވައްކަން ކޮށްގެން ނިކުތް ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ 04:40 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވަނީ ގަލޮޅުގައި ހުރި ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި މައްސަލައެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު ދަބަހެއް ހިފައިގެން އެ ފިހާރައިން ނިކުތް މީހަކު އެ ދަބަސް އެއްލާލާފައި ފިލަން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެމީހާ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިއިރު އެއްލާލި ދަބަސް ތެރެއިން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޓެބްލެޓާއި ފޯނާގުޅުންހުރި ތަކެތި ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް