ވޯލްޑް މެންޓަލް ވީކް ފާހަގަ ކުރަން އައިޖީއެމްއެޗް ހޮސްޕިޓަލުން ނިންމައިފިއެވެ.
ނަފްސާނީ ބަލިތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް އައްނަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރަމުންނެވެ.
އައިޖީއެމްއެޗު އިން ވިދާޅުވީ ސެންޓާ ފޯ މެންޓަލް ހެލްތުން އިންތިޒާމްކޮށްގެން ބާއްވާ ވޯލްޑް މެންޓަލް ވީކްގެ ހަރަކާތްތައް މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެގޮތުން މި ހަފްތާ ތެރޭގައި ނަފްސާނީ ބަލިތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އާމުންނަށް ހުޅުވާލައިގެން ބޭވުމަށް ރާވާފައިވާ ކަމަށާއި އަދި "ވޯކް ފޮ މެންޓަލް ވެލް ބީން" ނަމުގައި ހިނގާލުމަކާއި އާޓް އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ މަރުކަޒެއް އައިޖީއެމްއެޗްގައި ވަނީ މާޗްމަހުގައި ހުޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް