މާލޭގައި އަގުދީގެން ޕާކު ކުރެވޭ އުސޫލެއް

މާލެ ސިޓީގައި އަގުދީގެން ޕާކު ކުރެވޭ އުސޫލެއް ފާސްކޮށް ގެޒެތްކޮށްފި އެވެ. މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެކައުންސިލްގެ 74 ވަނަ ރަސްމީ އާންމު ޖަލްސާގައި އަގުދީގެން ހަތަރު ...

17 Sep 2019 | 09:44

މާލެ ސިޓީގައި އަގުދީގެން ޕާކު ކުރެވޭ އުސޫލެއް ފާސްކޮށް ގެޒެތްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެކައުންސިލްގެ 74 ވަނަ ރަސްމީ އާންމު ޖަލްސާގައި އަގުދީގެން ހަތަރު ފުރޮޅުލީ ވެހިކަލް ޕާރކްކުރުމުގެ އުސޫލެއް ފާސްކޮށް، ގެޒެޓްކޮށްފައިވާ ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުގައި އެއުސޫލުގައިވާ ގޮތުން މާލޭގައި އަގުދީގެން ވެހިކަލް ޕާރކް ކުރެވޭނީ މ. ދަންޑަހެލުގެ (ސްޕްރީމްކޯޓް ކުރިމަތި) ގައި ހަދާފައިވާ ޕާރކިންގ ޒޯންގައެވެ.

ޕާކުކުރުމުގެ އުސޫލުގެ ދަށުން އެޒޯނުގައި ޕާރކުކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށާއި، ޕާރކިން ސްލޮޓްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުމަށް 18 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 09:00 އިން 01 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ 13:00 އަށް އެކައުންސިލްގެ މާފަންނު އޮފީހުގައި ހަމަޖެހިފައިވާ ކަމަށްވެސް އެއިއުލާނުގައި ވެއެވެ.

އަގުދީގެން ޕާރކުކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދަކީ 40 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް