ކާގިލްގައި ޝޫޓްކުރަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޮތުރާ އެކްސިޑެންޓެއްވެ، އަނިޔާވެއްޖެއެވެ.
1999ގެ "ކާގިލް ވާ"ގެ ސީކުއެންސް ފިލްމް "ޝޭރްޝާހް" ފިލްމްގެ އެދުވަހުގެ ޝޫޓިން ނިންމައިލުމަށްފަހު ސައިކަލުގައި ދަނިކޮށް ސިދާތު އެކްސިޑެންޓް ވީ ހޮނިހިރު ދުވަހުއެވެ.
ސިދާތު އެކްސިޑެންޓް ވެފައި ވަނީ އޭނާގެ ކޯއެކްޓަރު ޝިވް އާއި އެކީ ސައިކަލުގައި ދަނިކޮށް އޮފް ބެލެންސްވެގެންނެވެ. ސައިކަލު ދުއްވަން ޝިވް އިންއިރު ސިދާތު އިނީ ފަހަތުގައެވެ. މި އެކްސިޑެންޓްގެ ސަބަބުން ސިދާތުގެ ކަކުލާއި އަތް ވަރަށް ބޮޑަށް ވަނީ މަށައިގެން ގޮސްފައެވެ.
އެކްސިޑެންޓްވިއިރު ދެމީހުން ވެސް ތިބީ ހެލްމެޓް އަޅައިގެން ކަމުން މާބޮޑު އަނިޔާއެއް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކްސިޑެންޓަށްފަހު އާދީއްތަ ދުވަހު ސިދާތު އަލުން ވަނީ ޝޫޓް ފަށައިފައެވެ. އެހެންނަމަވެސް އިއްޔެ އޭނާއަށް ވަނީ ރެސްޓްކުރުމަށް މުޅި ދުވަސް ދީފައެވެ. 150 މީހުންގެ ކުރޫއަކާއި އެކު ކުޅޭ މި ފިލްމަކީ އެކްޝަން ފިލްމެއް ކަމުން ސިދާތު ވަރަށް ބޮޑަށް ފިޓްވާން ޖެހޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
ސިދާތު ބުނިގޮތުގައި، އަނިޔާތައް ރަގަޅުވާން ހަފްތާއެއް ނަގާނެ ކަމަށް ޑޮކްޓަރު ބުނިނަމަވެސް، ރަގަޅު ވަންދެން ޝޫޓިންގ މަޑުޖައްސަން ވަގުތު ނެތްކަމަށެވެ. ސިދާތު ކާގިލް އަށް ދިޔައީ 40 ދުވަހުގެ ޝޫޓިންގ އަކަށެވެ.
ވިޝްނޫ ވަރްދަން ޑައިރެކްޓްކުރާ މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް