ވާވޭ މޭޓް 30 ލައިންއަޕް ފޯނުތަކުގެ ޑިޒައިންތައް ލީކުކޮށްލައިފިއެވެ.
މި ފޮޓޯތައް ލީކުކޮށްލާފައިވަނީ އާންމުގޮތެއްގައި މިފަދަ މައުލޫމާތުތައް ލީކު ކުރަމުން އަންނަ އިވާން ބްލާސް (އީވީ ލީކްސް) އެވެ.
ލީކުކޮށްލާފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މޭޓް 30 ޕްރޯގައި ހިމަނާފައިވަނީ ކާވް ޑިސްޕްލޭއެވެ. ހަތަރު ކެމެރާ ހިމަނާފައިވަނީ ވަށްކޮށެވެ. އެ ކެމެރާ ސިސްޓަމްގައި ހިމެނޭ ދެ ކެމެރާއަކީ ސޮނީ އައިއެމްއެކްސް ސެންސަރ އެކުލެވޭ ދެ ކެމެރާއެވެ. އޭގެން އެއް ކެމެރާއަކީ 40 މެގަޕިކްސެލްގެ ކެމެރާއެކެވެ.
މޭޓް 30ގެ ސްޓެންޑަޑް މޮޑެލްގެ ފޮޓޯއިން ފެންނަގޮތުގައި ކެމެރާ ސިސްޓަމް އެކުލަވާލާފައިވަނީ ހަތަރެސްކަން ބައްޓަމަށެވެ. ނަމަވެސް ހަތަރު ކެމެރާ ހިމަނާފައިވެއެވެ. ޑުއަލް ސިމް ލެއްވޭކަމަށް ބެލެވޭއިރު ފޮޓޯތަކުން ފެންނަގޮތުގައި 5 ޖީ ޓެކްނޮލޮޖީވެސް ހިމެނެއެވެ.
ވާވޭ މޭޓް 30ގެ ފޯނުތަކުގައި ހިމަނާފައިވަނީ ކިރިން 990 މަރުކާގެ ޗިޕްސެޓެކެވެ.
މީގެ އިތުރުން މޭޓް 30ގެ ޝާހީ މޮޑެލެއްވެސް މިފަހަރު ލޯންޗުކުރާނެ ކަމަށް ލީކުތަކުން ދައްކައެވެ. އެއީ ލެދަރު ކަވަރުގައި ހިމެނޭ އަދި ކެމެރާ ސިސްޓަމް ފޯނުގެ ފަހަތުން ދިގުކޮށް ހިމަނާފައިވާ ބައެއްގައެވެ.
ވާވޭގެ މޭޓް 30 މޮޑެލްތައް ލޯންޗު ކުރަން ނިންމާފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް