ކުރީގެ ސަރުކާރުން ފްލެޓްތައް ދީފައި ވަނީ ހައްގުވެރިންނަށްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ފްލެޓް ކޮމިޓީން އެ ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒާއި، ކޮމިޓީގެ މެމްބަރު އަހުމަދު ތޮލާލް އިސްތިއުފާ ދެއްވައިފިއެވެ.
މުއިއްޒު ފޭސްބުކުގައި ޖެއްސެވި ޕޯސްޓެއްގައި ވިދާޅުވީ، ފްލެޓް ކޮމިޓީން ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވާފައިވާނެ ކަމަށާއި، ރައީސް ސޯލިހު ވަނީ އިސްތިއުފާ ގަބޫލުކުރައްވާފައި ކަމަށެވެ.
ތޮލާލް އިސްތިއުފާ ދެއްވީ ކޮމިޓީ އަށް ދޭންޖެހޭ ވަގުތު ނުދެވޭތީ ކަމަށް ކުރެއްވި ޓްވީތެއްގައި ވާނީ ވިދާޅުވެފައެވެ. ތޮލާލް ވިދާޅުވީ، ކޮމިޓީގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ދެވޭނެ ބޭފުޅަކަށް އެ ފުރުސަތު ދިނުމަށެވެ. ތޮލާލަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު ވެސް މެއެވެ.
ތޮލާލްގެ ބަދަލުގައި ގާނޫނީ ވަކީލެއް ކަމަށްވާ ތޯހާ މުހައްމަދު އެ މަގާމަށް ވަނީ އައްޔަނުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް