ހަލިމަގުގެ ސަރަހައްދަކަށް އުދަ އަރާފައިވާތީ އެ ސަރަހައްދު ބަންދުކޮށްފި

ބުރިޖު ހަލިމަގުން ހުޅުމާލެއާ ވީ ފަޅީގެ ސަރަހައްދަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވާތީ އެ ސަރަހައްދު ބަންދުކޮށްފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަގޮތުގައި ބޮޑު ސަރަހައްދަކަށ...

17 Sep 2019 | 05:08

ބުރިޖު ހަލިމަގުން ހުޅުމާލެއާ ވީ ފަޅީގެ ސަރަހައްދަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވާތީ އެ ސަރަހައްދު ބަންދުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަގޮތުގައި ބޮޑު ސަރަހައްދަކަށް އުދައާއެކު ވެލި އަދި ކުނިބުނި އަރާފައިވެއެވެ. ފުލުހުން ވަނީ ކޯޑަން އާއި ކޯން ޖަހައިގެން އެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވެއެވެ.

މީގެ ކުރިންވެސް އެ ސަރަހައްދަށް އުދަ އަރައެވެ. އެހެން ނަމަވެސް މިހާ ބޮޑަށް އަދި އުދަ އަރާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބުރިޖު ހަލިޖަގަށް އުދައަރާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މިކަމުގައި ރަސްމީ އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް