މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ލުއި ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ގިނަ ހިދުމަތްތަކެއް ހިމެނޭ ހާއްސަ ދެ ޕެކޭޖަކާއެކު ކުރިއަށްގެންދާ މި ޕްރޮމޯޝަން 20 ދުވަހަށް ކުރިއަށް ގެންދިއުމަށް މޯލްޑިވް ގޭސް އިން ވަނީ ނިންމާފައެވެ.
މި ޕްރޮމޯޝަންގައި ހިމެނޭ ދެ ޕެކޭޖަކީ ލުއި ބޭސިކް އަދި ލުއި ސްޓެންޑަޑް އެވެ.
ލުއި ބޭސިކް ޕެކޭޖްގައި ފުޅި ރަޖިސްޓްރީ ކުރުމާއި އިންސްޓޯލް ކުރުމާއި ހޮޅި އަދި ގޭސްފުޅީގައި ހަރުކުރާ ކްލިޕްގެ އިތުރުން 10 ކިލޯގެ ގޭސް ލިބޭނެއެވެ. މި ޕެކޭޖުގެ އަގަކީ 1250 ރުފިޔާއެވެ. ސްޓެންޑަޑް ޕެކޭޖްގައި ބޭސިކް ޕެކޭޖުން ލިބޭ ކަންކަމުގެ އިތުރަށް ގޭސްފުޅިއަށް ބޭނުންވާ ރެގިއުލޭޓަރުވެސް ހިލޭ ލިބޭނެއެވެ. މި ޕޭޖުގެ އަގަކީ 1435 ރުފިޔާއެވެ.
މި ޕެކޭޖު ކުރިއަށް 20 ދުވަހު ކުރިއަށްގެންދަން ނިންމި ނަމަވެސް މި ޕެކޭޖުތައް ދިގުމުއްދަތަކަށް ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ އަމާޒެއް ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ. އެގޮތުން 20 ދުވަސް ފަހުން، އަލުން މި ޕެކޭޖުތައް ފަށާނެ ތާރީހެއް އިއުލާނުކުރާނެ ކަމުގައިވެސް މޯލްޑިވް ގޭހުން ބުނެއެވެ.
ލުއިފުޅިއަކީ ގެންގުޅެން ފަސޭހަ، ގޭސް ހުރި މިންވަރު ބޭރުން ބަލައިލެވޭ، ހޫނު ވިޔަސް އަލިފާން ނުހިފާނެ އަދި ނުގޮވާނެ ފުޅިއެކެވެ.
މޯލްޑިވް ގޭހުން ލުއި ފުޅި ރާއްޖެއަށް ތައާރަފް ކުރީ 2014 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް