ހދ. ކުޅުދުއްފުށީގައި ސަރުކާރުން ތަރައްގީ ކުރި އަޅާ އެއާޕޯޓުގެ ރަންވައި ތާރު އެޅުމުގެ މަސައްކަތް ނިމި ޓެސްޓް ފްލައިޓު ޖައްސަން ތައްޔާރުވެއްޖެ އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓިސީސީން ބުނީ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލީ ރޭގެ ވަގުތެއްގައި ކަމަށެވެ. މިހާރު ކުރިޔަށް ދަނީ ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ފަޔާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކަމަށެވެ.
އެ ކުންފުނިން ބުނީ މަސައްކަތް ކުރަމުންދަނީ އެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިންމުމަށް ކަމަށެވެ. އަދި މިމަހުގެ 19 ވާ ބުދަ ދުވަހު ޓެސްޓު ފްލައިޓު އެ ރަށަށް ޖެއްސޭނެ ކަމަށެވެ.
https://twitter.com/MTCCPlc/status/1041664995644170240
އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން އެ ރަށު އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސާ ވޯޓުލާން ފްލައިޓުގައި ރަށަށް ދެވޭވަރުކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވެ އެވެ. ކުޅުދުއްފުށީގައި ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އެއާޕޯޓު އެޅުމަކީ ރައިސް ޔާމީންގެ ރިޔާސީ ވައުދެކެވެ.
ކުޅުދުއްފުށީ އެއާޕޯޓުގައި އަޅާފައިވަނީ 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭ އެވެ.
ކުޅުދުއްފުށީ އެއާޕޯޓޫ އެޅުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި އެވެ. އެއީ ފަޅުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް