ޕީޕީއެމްގެ ސަޕޯޓަރުން ފްލައިޓުތައް ޗާޓަރު ކޮށްގެން މާލެ އަންނަން ފަށައިފި

ވެރިކަން ކުރާ ޕީޕީއެމްގެ "ސައިޒު" ދަައްކާލުމަށް މާދަމާރޭ ބާއްވާ ބޮޑު ޖަލްސާއަށް ޗާޓަރު ފްލައިޓު ތަކުގައި މީހުން މާލެ އަންނަން ފަށައިފި އެވެ. އެގޮތުން އައްޑޫ ސިޓީ ޖަލްސާއަށް މާލެ އަންނަ މީހުން އަންނަމު...

17 Sep 2018 | 14:10

ވެރިކަން ކުރާ ޕީޕީއެމްގެ "ސައިޒު" ދަައްކާލުމަށް މާދަމާރޭ ބާއްވާ ބޮޑު ޖަލްސާއަށް ޗާޓަރު ފްލައިޓު ތަކުގައި މީހުން މާލެ އަންނަން ފަށައިފި އެވެ.

އެގޮތުން އައްޑޫ ސިޓީ ޖަލްސާއަށް މާލެ އަންނަ މީހުން އަންނަމުން ދަނީ މޯލްޑިވިއަންގެ އޭ320 ގެ މަތިންދާ ބޯޓު ޗާޓަރު ކޮށްގެން ނެވެ. އެ މަތިންދާ ބޯޓު އައްޑޫ ސަަޕޯޓަރުންނާ އެކު ދެ ދަތުރު ބާއްވާފައިވެ އެވެ.

ލ. ކައްދޫންވެސް މިއަދާ މިރޭ ޗާޓަރު ފްލައިޓުތަކުގައި މާދާމާރޭގެ ޖަލްސާއަށް ސަޕޯޓަރުންދަނީ އަންނަމުންނެވެ. ޕީޕީއެމްއިން ބުނީ ފްލައިޓުގެ އިތުރުން ބޯޓު ފަހަރާއި ލޯންޗުތަކުގައިވެސް ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާލެ އަންނަމުންދާ ކަމަށެވެ.

ޕީޕީއެމްއިން މީގެ ކުރިން ބުނެފައިވަނީ އެ ޖަލްސާއަށް އަތޮޅު ތެރެއިން މީހުން އަންނަނީ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދި މި ޖަލްސާއަކީ ީޕީޕިއެމްގެ އާންމު މެންބަރުންގެ އެދުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

މި ޖަލްސާ ބާއްވާކަން އިއުލާނު ކުރީ އިދިކޮޅު ފަރާތްތަކުން މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު އޭގެ ކުރީރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދަށްވުރެ ގިނަ ކަމަށް އިދިކޮޅު ފަރާތްތަކުން ކިޔަން ފެށުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް