މަސްތުވާ ތަކެއްޗާއިއެކު ޅ.ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއިއެކު ޅ.ކުރެންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެމ...

17 Sep 2018 | 09:46

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއިއެކު ޅ.ކުރެންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ކުރެންދޫ އުތުރު ފަރާތު މައިޒާން ސަރަހައްދުންނެވެ. މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެތި ފެނިފައިވަނީ އޭނާ ލައިގެންހުރި ޓްރެކްޝޫޓުގެ ވާތްފަރާތު ޖީބުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިންނެވެ. އެ ސިނގިރޭޓް ފޮށި ތެރޭގައި އޮތީ ރަބަރު ޕެކެޓެކެވެ.

ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް