ކައިވެނި ނުކުރާ ސަބަބު އެންމެ ފަހުން ސަލްމާން ބުނެފި!

ބޮލީވުޑްގެ ގިނަ ތަރިންނާއި ސަލްމާން ހާންގެ ސަޕޯޓަރުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސަލްމާން ހާން ކައިވެނި ކުރާނެ ދުވަހެވެ. އެ ސުވާލަށް މިހާތަނަށް އޭނާ ސީދާ ޖަވާބެއް ދީފައި ނުވާއިރު ބައެއް ފަހަރު އޭ...

17 Sep 2018 | 05:54

ބޮލީވުޑްގެ ގިނަ ތަރިންނާއި ސަލްމާން ހާންގެ ސަޕޯޓަރުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސަލްމާން ހާން ކައިވެނި ކުރާނެ ދުވަހެވެ.

އެ ސުވާލަށް މިހާތަނަށް އޭނާ ސީދާ ޖަވާބެއް ދީފައި ނުވާއިރު ބައެއް ފަހަރު އޭނާގެ ގާތް އެކުވެރިންނާއި ކައިވެނި ނުކޮށް ތިބި ތަރިންނާއިވެސް ސަލްމާންގެ ކައިވެންޏާއި ބެހޭގޮތުން ނޫސްވެރިން ސުވާލުކޮށްފައިވެ އެވެ.

ރޭ ފެށި މަޝްހޫރު ޓީވީ ޝޯ "ބިގް ބޮސް 12" ގެ ޕްރިމިއާ ޝޯގައި ސަލްމާނާއި ވަނީ އެ ސުވާލު އަނެއްކާވެސް ޝޯގައި ބައިވެރިވި ދެ މީހަކު ކޮށްފައި އެވެ. ޖަވާބުގައި ސަލްމާން ބުނީ އާންމުކޮށް އޭނާ އާއި އެ ސުވާލު ކުރަނީ ކައިވެނިކޮށްގެން އުޅޭ މީހުން ކަމަށެވެ.

ސަލްމާން ބުނީ ކައިވެނި ކޮށްގެން މީހުން އުޅޭ ހާލުގައި އޭނާ އުޅޭތަން ދެކެން ބޭނުންވަނީތޯ އެހެން ސުވާލު ކުރާ މީހުން ކައިރީ އަހާ ކަމަށެވެ. އެކަމަކު އެއީ ކޮން ހާލެއް ކަމަށް ސަލްމާން ނުބުނެ އެވެ.

ސަލްމާން ބޮލީވުޑްގެ ގިނަ ތަރިންތަކަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާއިރު އެއްވެސް މީހަކާއި ކައިވެނި ކުރާ ހިސާބަކަށް ނުދެ އެވެ.

މިހާރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ލޫލިއާ އާއި އެވެ. ސަލްމާން ވަނީ ލޫލިއާ ބޮލީވުޑަށް ތައާރަފު ކުރަން ވެސް ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް