ހިންދީ ރެޕް ލަވަކިޔުންތެރިޔާ ބާދްޝާހްގެ އަސްލު ނަން އެއީ އާންމުކޮށް މީހުންނަށް އިނގޭ ނަމެއް ނޫނެވެ. އަސްލު ނަމާއި ގުޅޭގޮތުން އޭނާ ވާހަކަ ދައްކަނީވެސް ވަރަށް މަދުންނެވެ.
އެންމެ ފަހުން ރިލީޒް ކުރި ބާދްޝާހްގެ އަލްބަމް "ވަން" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އޭނާ ވަނީ އަސްލު ނަން ހާމަކޮށްފައި އެވެ. އަދި އޭނާ ރެޕް ލަވަކިޔުންތެރިއަކަށް ނުވި ނަމަ ކުރިޔަށް ދާނެ ދައިރާ އާއި ގުޅޭގޮތުން މައުލޫމަތު ދީފަވެ އެވެ.
އޭނާގެ ފުރިހަމަ ނަމަކީ އަދިތިޔާ ޕްރަތީކް ސިންގ ސިސޯޑިއާ އެވެ. ބާދްޝާހް ބުނީ އަސްލު ނަން ދާއިރާގައި ބޭނުން ކުރުން ހުއްޓާލީ ލަވައިގެ ތެރެއިން އޭނާގެ ފުރިހަމަ ނަން ކިޔަންވެއްޖެ ނަމަ ނަން ކިޔާ ނިމުމުގެ ކުރިން ލަވަ ނިމޭހާ ނަން ދިގު ކަމުން ކަމަށެވެ.
ބާދްޝާހް ބުނީ މި ދާއިރާއިން އޭނާ ނުފެނުނު ނަމަ މަސައްކަތް ކުރަން ބޭނުންވީ އިންޑިއަން ސިވިލް ސާވިސް ގައި ކަމަށެވެ.
މަޝްހޫރު ގިނަ ހިންދީ ރެޕް ލަވަތަކެއް ދަނީ ބާދްޝާހް އުފައްދާ ކިޔަމުންނެވެ. އަދި އޭނާ ގެންދަނީ މިހާރު ސްޓާ ޕްލަސް އިން ދައްކާ "ދިލް ހޭ ހިންދުސްތާނީ 2" ގެ ފަނޑިޔާރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް