އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ 90 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިން ގާ އެތުރުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި ޕޭވްމަންޓް ގާ އެތުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 8103 ސްކުއެއާ މީޓަރު ސަރަޙައްދެއް ސާފުކުރުމަށް ފަހު ކޮންނަން ހަމަޖެހިފައިވެ އެވެ. ފެންހިންދާ ވަޅުގަނޑެއް ކޮނުންވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެ އެވެ.
ޔޫތުް މިނިސްޓްރީން މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2.49 މިލިއަން ރުފިޔާއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް