މާދަމައިން ފެށިގެން ކެނޑިޑޭޓުންނާއި ރަނިންމޭޓުންނަށް ސެކިއުރިޓީ ދޭނަން: ޑިފެންސް މިނިސްޓަރު

މާދަމައިން ފެށިގެން ކެނޑިޑޭޓުންނާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށާނެކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނުގ...

17 Aug 2018 | 18:39

މާދަމައިން ފެށިގެން ކެނޑިޑޭޓުންނާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށާނެކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިރޭ ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ އިންތިޚާބު ތަކާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން، މާދަމާ (18/08/18) އިން ފެށިގެން ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓުންނާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށާނެކަމަށެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު އެޓާނީ ޖެނެރަލް އަނިލް ވަނީ ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭން މިދިޔަ ޖުލައި މަހުގައި އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް