ފޯނުން މީޑިއާނެޓް ޗެނަލްތައް ބަލައިލުމަށް މިހާރު އުރީދޫގެ ހާއްސަ ޕެކޭޖުތަކެއް

ސްމާޓް ޑިވައިސްތައް މެދުވެރިކޮށް، ފަސޭހަކަމާއި އެކު އެންމެ މަޤްބޫލު ޓިވީ ޗެނަލްތައް ބަލާލުމަށް މަގުފަހިކޮށްދޭ މީޑިއާނެޓްގެ އޯޕަން މައިޓީވީ އަށް ހާއްސަކޮށްގެން، އުރީދޫ ޑޭޓާ ޕެކޭޖްތަކެއް މިއަދު ތައާރަފް...

17 Aug 2018 | 10:00

ސްމާޓް ޑިވައިސްތައް މެދުވެރިކޮށް، ފަސޭހަކަމާއި އެކު އެންމެ މަޤްބޫލު ޓިވީ ޗެނަލްތައް ބަލާލުމަށް މަގުފަހިކޮށްދޭ މީޑިއާނެޓްގެ އޯޕަން މައިޓީވީ އަށް ހާއްސަކޮށްގެން، އުރީދޫ ޑޭޓާ ޕެކޭޖްތަކެއް މިއަދު ތައާރަފްކޮށްފިއެވެ.

"ފާއިތުވި އަހަރުތަކުގެ ތެރޭގައި، ޓީވީ ބެލުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ގިނަ ބައެއް ޓިވީ ބަލަމުންގެންދަނީ އޮންލައިންކޮށް ސްޓްރީމް ކޮށްގެން. މިގޮތުން، އޯޕަން މައިޓީވީ އަކީ ސްމާޓް ޑިވައިސްތަކުގައި، މީޑިއާނެޓްގެ 50 ޗެނަލް ލައިވްކޮށް ބަލާލުމަށް ދިވެހި ކަސްޓަމަރުންނަށް މަގުފަހިކޮށްދޭ، އީޖާދީ ޚިދުމަތެއް. މީޑިއާނެޓް އާއި ގުޅިގެން މިއަދު ތައާރަފްކޮށްފައިވާ އުރީދޫ ގެ ޑޭޓާ ޕެކްތަކުގެ އެހީގައި، މައިޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ކަމުދާ ޗެނަލްތައް ބަލާލުން އިތުރަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑު ޔަގީން ކުރަން. މިފަދަ ޕާޓްނަރޝިޕްތަކާއި، އުފެއްދުންތެރި ޚިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ޑިޖިޓަލް ޙަޔާތަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް އުރީދޫ އިން މަސައްކަތް ކުރަމުން ދާނަން." އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

" އޯޕަން މައިޓީވީ ފޯރުކޮށްދިނުމުގައި އުރީދޫގެ ބައިވެރިވުމަކީ، ޓީވީ ބަލާލުމުގެ ތަޖުރިބާ ރަގަޅުކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް މީޑިއާނެޓުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް. އަދި މި ޕާޓްނާޝިޕްގެ ސަބަބުން އޯޕަން ޓީވީގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ކަސްޓަމަރުންނަށް އިތުރު ފައިދާ ލިބިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." މީޑިއާނެޓްގެ ހެޑް އޮފް މާކެޓިންގ، ޒިހުނީ ރަޝީދު ވިދާޅުވިއެވެ.

ވަރަށް ހިތްގައިމު ފައިދާތަކާއި އެކު، އޯޕަން މައިޓީވީ އަށް ހާއްސަ ކުރެވިފައިވާ އުރީދޫގެ މައިޓީވީ ޕެކް ތަކަކީ:

އޯޕަން މައިޓިވީ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު މި ޕެކޭޖުތައް ޚިޔާރު ކުރެވޭނެއެވެ. މިގޮތުން، އޯޕަން މައިޓީވީ އަކީ މީޑިއާނެޓްގެ އެންމެހާ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ އެޕެކެވެ. ސްމާޓްފޯން، ޓެބްލެޓް އަދި އެންޑްރޮއިޑް ޓީވީ ފަދަ ކޮންމެ ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް މައިޓީވީ ތަޖުރިބާ ކޮށްލެވޭނެއެވެ. ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް ސްޓޯ މެދުވެރިކޮށްވެސް ޑައުންލޯޑު ކުރައްވައިގެން، ނުވަތަ www.openmitv.mv މެދުވެރިކޮށްވެސް މައިޓީވީ ބަލާލެވޭނެއެވެ. އަދި މީޑިއާނެޓްގެ ޔޫސާނޭމް އާއި ޕާސްވޯޑު ބޭނުން ކުރައްވައިގެން، ފަސޭހަކަމާއި އެކު އޮންލައިންކޮށް މައިޓީވީއަށް ރަޖިސްޓަރ ކޮށްލެވޭނެއެވެ.

އުރީދޫގެ މައިޓީވީ ޕެކްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް،www.ooredoo.mv  އަށް ޒިޔާރަތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް