ދިރާގުން ބޮޑު ޢީދަށް ބޮޑު ޑޭޓާ ޕެކްތަކެއް

ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ބޮޑު އީދާ ދިމާކޮށް  ބޮޑު ޑޭޓާ ޕެކް ތަކެއް ތައާރަފް ކޮށްފިއެވެ. ދިރާގުން މައުލޫމާތުދޭގޮތުގައި މި ޑޭޓާ ޕެކްތައް ދ...

17 Aug 2018 | 09:05

ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ބޮޑު އީދާ ދިމާކޮށް  ބޮޑު ޑޭޓާ ޕެކް ތަކެއް ތައާރަފް ކޮށްފިއެވެ.

ދިރާގުން މައުލޫމާތުދޭގޮތުގައި މި ޑޭޓާ ޕެކްތައް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން، ޝޭރާ އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 17 އޮގަސްޓް 2018 އިން ފެށިގެން 20 އޮގަސްޓް 2018 ގެ ނިޔަލަށް ބައްލަވައިގަނެވޭނެއެވެ.

ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް 30 އޮގަސްޓް 2018ގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް އެކްޓީވޭޓް ކުރައްވާ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ބޭނުން ކުރެއްވޭނެކަމުގައިވެސް ދިރާގުން ބުނެ އެވެ.

މި ޑޭޓާ ޕެކް ތައް ބައްލަވައިގަތުމަށް ދިރާގު އެޕް ބޭނުން ކުރެއްވޭނެއެވެ. އަދި #5*6*123* އަށް ގުޅައިގެން ނުވަތަ  ADD(space)Keyword ޖެއްސެވުމަށް ފަހު 344 އަށް އެސް އެމް އެސް ކުރައްވައިގެންވެސް މި ޑޭޓާ ޕެކް ތައް ބައްލަވައިގަނެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް