ކުޅުދުއްފުށީގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލު ނުވެގޮސް ފަޅުތެރޭގައި އޮތް ޑިންގީއަކަށް އަރައިފި އެވެ.
ރޭ ހިނގި މި ހާދިސާ ކުޅުދުއްފުށި ޑޮޓް ކޮމްގައި ރިޕޯޓްކޮށްފައިވާއިރު މަންޒަރު ދުއް ބައެއް މީހުންނާއި ހަވާލާދީ ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ދެ ސައިކަލެއް ރޭސް ޖަހަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"މަންޒަރު ދުއް ބައެއް މީހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭސް ޖެހި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ކަމަށެވެ. އެ ސައިކަލުގައި ދެ މީހުން ތިބިއިރު ކޮންޓްރޯލް ނުވެ ޖެޓީ ނެއްޓުނު ވަގުތު ފަހަތުގައި އިން މީހާ އެއްގަމަށް ފުއްމާލީކަމަށް މަންޒަރު ދުއް މީހުން ބުނެ އެވެ." އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައިނުވިނަމަވެސް ސައިކަލް ދުއްވަން އިން ޒުވާނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައިކަމަށެވެ. އަދި ރޭ ގާތްގަނޑަށް 10:30 ހާއިރު މިހާދިސާގައި ޑިންގީއަށާއި ސައިކަލަށް ވަނީ ގެއްލުންވެފައިކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް