އިއްޔެ ލ. ގަމުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަސް ފެންގަނޑަކަށް ވެއްޓުނު ކުޑަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވެފައިވަނީ އުމުރުން 15 މަހުގެ ކުއްޖެކެވެ. އެ ކުއްޖާ މާލެ ގެނެސްފައިމިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައެވެ.
ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހޭ ނެތިފައި ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެއެވެ. އެއަށްފަހު އެ ކުއްޖާގެ ހާލު އިތުރަށް ގޯސްވި ކަމަށާއި ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ކަމަށްވެސް ބުނެފައިވެއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ކުއްޖާ ވެއްޓުނީ އެހެން ގެއެއްގައި ހަދާފައި ހުރި މަސް ފެންގަނޑަކަށެވެ. އަދި ކުއްޖާ ފެންގަނޑަށް ވެއްޓުނު އިރު އެތަނުގައި އެހެން ކުދިން ތިބި ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް