28 ޖުލައި އަދި 15 އޮގަސްޓް އަކީ ސަރުކާރު ބަންދު ދެ ދުވަސް

މިއަހަރުގެ 28 ޖުލައި އަދި އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ނެރުނު ބަ...

17 Jul 2019 | 08:59

މިއަހަރުގެ 28 ޖުލައި އަދި އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނަ މުވައްޒަފުންނާއި، ސުކޫލުތަކުގެ ދަރިވަރުން ބައިވެރިވާތީ، 28 ޖުލައި ވީ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައެވެ.

މީގެ އިތުރުން، އަޟްޙާ އީދާއި ގުޅިގެން ޗުއްޓީގައްޔާއި، އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކަކާއި ކުރިމަތިވެދާނެ ކަމަށް، 15 އޮގަސްޓް ވީ ބުރާސްފަތި ދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވާކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

https://twitter.com/MvSpokesperson/status/1151405737916039168

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް