މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި، އުދަ އަރައިފާނެ ކަމުގެ އިންޒާރު

މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި އުދަ އަރައިފާނެކަމުގެ އިންޒާރު ދީ، ސަމާލުވުމަށް މެޓް އޮފީހުން އަންގައިފިއެވެ. މިއަދު 12:15 އިން ފެށިގެން އިރުއޮއްސި 6:00 އަށް މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކ...

17 Jul 2019 | 08:01

މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި އުދަ އަރައިފާނެކަމުގެ އިންޒާރު ދީ، ސަމާލުވުމަށް މެޓް އޮފީހުން އަންގައިފިއެވެ.

މިއަދު 12:15 އިން ފެށިގެން އިރުއޮއްސި 6:00 އަށް މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ، މިއަދުވެސް މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައަރައިފާނެ ކަމުގައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ގަދަވާނެ ކަމަށާއި، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް