މަސްތުވާތަކެއްޗާއި އެކު ސ. ހުޅުމީދޫ އިން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ 15:23 ހާއިރު އެވެ.
ފުލުހުން މި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ، އެއަތޮޅު ފޭދޫ އިން ފުރައިގެން ދިޔަ ފެރީ އަކުން ހުޅުމީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައެވެ. މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އަތުގައިއޮތް އަތް ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި އަންހެން މީހާގެ މައްޗަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ބަހައްޓާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް