ވެލާނާ އެއާޕޯޓުގެ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ނިންމާ، ބޭނުންކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. އާ އޭޕްރަން ރަސްމީކޮށް ހުޅުވުމަށް މިއަދު އެ އެއާޕޯޓު...

17 Jul 2019 | 06:58

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އާ އޭޕްރަން ރަސްމީކޮށް ހުޅުވުމަށް މިއަދު އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ޕާކް ކުރީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ވަނީ އަރުވާފައެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަންސް، ހަސަން އަރީފް ވިދާޅުވީ، އާ އޭޕްރަންއާއި އެކު ކުރިޔާއި ހިލާފަށް މަތިންދާ ބޯޓު ބޭއްވިފައި އޮންނާނީ ސަލާމަތްތެރިކަމާއި އެކީގައެވެ. އަދި މަތިންދާބޯޓުތައް ޕާކް ކުރެވޭނީ ވަކި ތަރުތީބަކުން ކަމަށާއި، މީގެ ސަބަބުން މުވައްޒަފުންނާއި އެއާލައިންތަކަށް ފަސޭހަވެގެން ދާނެކަމުގައި ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތް ގާތްގަނޑަކަށް ހަތް މަސްދުވަހުން ނިންމައިލެވޭނެ ކަމުގައެވެ. އަދި އޭޕްރަންގެ މަސައްކަތް އެއްކޮށް ނިމުމުން އޭޕްރަންގެ ބޮޑުމިނުގައި 130،000 އަކަ މީޓަރު ހުންނާނެ ކަމަށްވެސް ހަސަން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ރަސްމީކޮށް ބޭނުންކުރަންފެށި އޭޕްރަންގައި 70،000 އަކަ މީޓަރު ހުރިއިރު، ކޯޑު އީގެ ތިން މަތިންދާބޯޓު ނުވަތަ ކޯޑު ސީގެ ހަ މަތިންދާބޯޓު އެއްފަހަރާ ޕާކު ކުރެވޭ ސްޓޭންޑެއް ވަނީ ތަރައްޤީ ކޮށްފައެވެ. އަދި ކޯޑު އީގެ މަތިންދާބޯޓެއް ޕާކު ކުރެވޭ ސްޓޭންޑަކާއި، ކޯޑު ސީގެ މަތިންދާބޯޓެއް ޕާކު ކުރެވޭ ސްޓޭންޑެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

https://twitter.com/VelanaAirport/status/1151352593257336835

އޭޕްރަންގެ މަސައްކަތް ކުރަނީ ޖުމްލަ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައި މިވަނީ ފަނަރަވަރަކަށް މަސްދުވަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް