ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ. މިމަހުގެ 11 ވަނަ ދުވަހު މި މައްސަލ...

17 Jul 2019 | 05:53

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު މި މައްސަލައިގެ ލިޔެކިޔުންތަށް ޔާމީނާއި ކްރިމިނަލް ކޯޓުން ހަވާލުކޮށްފައި ވާއިރު، މި ޝަރީއަތުގެ އަޑުއެހުން އޮންނާނީ އާދީއްތަ ދުވަހުގެ 11:30 ގައެވެ.

މި ދައުވާއަކީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެވެ. އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށްފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް މި އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރެއް ކުރިއެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ފަހުން ބާތިލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް