މާލެއިން ކިލޯއެއްގެ މަސްތުވާތަކެއްޗާއި އެކު ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުރި ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއިއެކު ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖެކެވެ.
ފުލުހުން ވިދާޅުވީ، އެ ގެ ބަލައި ފާސްކުރިއިރު 1 ކިލޯ 146 ގްރާމްގެ މަސްތުވާތަކެތި އެގެއިން ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް