މަގު ބަންދުކޮށްގެން މާލޭގައި އިމާރާތްކުރަމުންދިޔަ ސައިޓެއްގައި ޖަހާފައިހުރި ދަގަނޑެއް ވަޔާ ވެއްޓި، މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.
ހެންވޭރުގައި ހުރި މި ސައިޓުގައި ޖަހާފައިހުރި ދަގަނޑު ވިއްސާލައިގެން ގޮސް ޖެހުނީ، އެވަގުތު ނުބައި ލޭނަކުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހެއްގެ ބޮލުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 00:10 ހާއިރުއެވެ.
ބޯ ފަޅައިގެން ދިޔަ މީހާ އައިޖީއެމްއެޗަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް