ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެއް ޕާޓީކަމަށްވާ އަދާލަތު ޕާޓީގެ އޮފީސް ހުންނަ ތަނާއި ހުޅުވާފައި ހުންނަ ވަގުތުތައް އިލެކްޝަން ކޮމިޝަނަށް އަންގާ އެކަން އާންމުކޮށް އިއުލާންކުރުމަށް އެޕާޓީއަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
އިލެކްޝަނުން ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަދާލަތު ޕާޓީ ބަންދުކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އެކޮމިޝަނަށް ލިބެމުންދާކަމުގައެވެ. އިލެކްޝަނުން ކޮމިޝަނުން މިގޮތަށް ޓްވީޓްކޮށްފައި މިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ 7 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާތީ އެކަން ކުށްވެރިކޮށް، ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވޯޓު ދިނުމުގެ ޙައްޤު ހިމާޔަތް ކުރުމަށް ގޮވާލާ މިއަދު ނޫސް ބަޔާނެއް ނެރެފައި ވަނިކޮށެވެ.
އިލެކްޝަން ކޮމިޝަނުގެ މި ޓްވީޓާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިލެކްޝަން ކޮމިޝަންގެ ރަސްމީ އެކައުންޓް ކަމަށް ހީވާގޮތަށް ހަދާފައިވާ އެކައުންޓުން އަދާލަތު ޕާޓީގެ އެޑްރެސް ނޭންގިގެން އުޅޭކަމަށް ބުނެ ހަޤީޤަތާއި ޚިލާފު އަދި ވަކި ބަޔަކަށް ފުރައްސާރަކުރާގޮތަށް ޓްވީޓް ކޮށްފައިވާތީ އެ އެކައުންޓް ޓްވިޓާގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް