ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތާޢީދު ހޯދުމަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން ރައީސް ޔާމީން ގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދުގު ކެމްޕޭން ދަތުރު ގއ އަތޮޅުން ފައްޓަވަން ނިންމަވައިފިއެވެ.
އެކަން ހާމަކޮށް ޑރ.ޝަހީމްގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ ގއ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުކަމުގައެވެ.
ގއ އަތޮޅަކީ ޑރ.ޝަހީމްގެ އުފަން އަތޮޅު ކަމަށްވާއިރު ޝަހީމް ވަނީ ކެމްޕޭންގެ ހަރަކާތްތައް މާލޭގައި ވެސް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން "އާސްކް ޑރ.ޝަހީމް" ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ވަނީ ފޯރަމެއް ބާއްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގައި ވެސް ހުންނެވި ޑރ. ޝަހީމު، ރައީސް ޔާމީނުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބު ކުރައްވާނެކަމުގައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން ޕީޕީއެމް އިން ގެންދަނީ ކެމްޕޭން ކުރަމުންނެވެ. އެގޮތުން ޑޯޓުޑޯ ގެ ހަރަކާތްތަކެއް އެޕާޓީން ގެންދަނީ ކުރިޔަށްގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް