ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި

ހއ. ހޯރަފުށީގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އެރަށުގައި ކުރިޔަށް ގެންދިޔަ ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ގެ ނިމުން ފާހަގަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް...

17 Jul 2018 | 09:12

ހއ. ހޯރަފުށީގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އެރަށުގައި ކުރިޔަށް ގެންދިޔަ ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ގެ ނިމުން ފާހަގަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހއ ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ

މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ހަނދާނީ ބިނާގެ ރިބަން ވަނީ ކަނޑުއްވާލަ ދެއްވާފަ އެވެ.

ހއ. ހޯރަފުށީގައި ކުރިޔަށް ގެންގޮސްފައިވާ ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 21 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ އުތުރަށް ކުރައްވާ  މި ދަތުރުފުޅުގައި މިއަދު ހެނދުނު ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވާފައިވެއެވެ. އަދި މި ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް