ކަނޑަށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ފާނަ މަސްވެރިކަމުގައި އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެގޮތުން އެ އޮޕަރޭޝަންގެ އެންމެ ފަހ...

17 Jul 2018 | 08:43

ފާނަ މަސްވެރިކަމުގައި އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެގޮތުން އެ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ގެއްލުނު މީހާ ހޯދުމަށް ވައިގެމަގުން ބެލުމަށް މިއަދު 11:30ގައި ޓީއެމްއޭ ފްލައިޓެއް ވަނީ މަސައްކަތް ފަށާފައިކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވް ޓީމް ސައިޓްގައި ޑައިވްކޮށްގެން ދަނީ ބަލަމުން ކަމަށެވެ.

"އިތުރަށް ކަނޑުގެ ސާފޭސް ބެލުމުގައި ކޯސްޓްގާޑްގެ ލޯންޗް ފާސްޓަރ އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ދަނީ ހަރަކާތްތެރިވަމުން، އަދި ކަނޑުއަޑި އިތުރަށް ބެލުމަށް ޑައިވް ރޮބޮޓް ދަނީ ބޭނުންކުރަމުން" އާޒިމް ވިދާޅުވި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މި މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުޝި ކުލައިގެ ފަޓުލޫނެއްކަމަށް ދޯންޏާއި ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް