އަޅުގަނޑު ވާދަކުރާނަން، ރަނިންމޭޓު ކަނޑައަޅާނީ ފަހުން: އުމަރު ނަސީރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެ ގުޅިފައިވާ ޕާޓީތަކުން ކެނޑިޑޭޓަކާއި ރަނިންމޭޓަކު ދައްކައި ކެމްޕޭނު މެކުހަށް ޖަހާފައިވާއިރު ވެރިކަންކުރާ ޕާޓީންވެސް އަންނަނީ ފޯރިއާއެކު ކެމްޕޭނު ކުރަމުންނެ...

17 Jul 2018 | 08:15

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެ ގުޅިފައިވާ ޕާޓީތަކުން ކެނޑިޑޭޓަކާއި ރަނިންމޭޓަކު ދައްކައި ކެމްޕޭނު މެކުހަށް ޖަހާފައިވާއިރު ވެރިކަންކުރާ ޕާޓީންވެސް އަންނަނީ ފޯރިއާއެކު ކެމްޕޭނު ކުރަމުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަޑެއް ނީވި ގިނަ ދުވަސްތަކެއް މިވަނީ ވެފައި އެވެ.

އިންތިހާބަށް ކެމްޕޭނު ކުރެއްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި އުމަރު ބޭނުންކުރައްވަމުންގެންދަވާ ފޭސްބުކް ޕޭޖާއި ޕްރޮފައިލްގައިވެސް ރިޔާސީ އިންތިހާބާއި ގުޅުންހުރި ޕޯސްޓެއް ނުކުރައްވާތާ މިވަނީ ދުވަސްކޮޅެއްވެފައި އެވެ.

ކަން މިހެން އޮތް އިރު ރިޔާސީ އިންތިހާބުގައި އުމަރު ވާދަ ނުކުރައްވަން ނިންމެވީތޯ، ސޯޝަލް މީޑިއާގައި އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅޭގޮތުން ދުވަސް އިން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ "އަޅުގަނޑު ވާދަކުރާނަން" ކަމަށާއި "އާރުއެމްއަކު ކަނޑައަޅާނީ ފަހުން" ކަމަށެވެ. ނަމަވެސް އެއީ ކިހާ ފަހެއްކަން ހާމައެއް ނުކުރައްވަ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން އުމަރު ވަނީ ބައެއް ސިޔާސަތުތައް ހާމަކުރައްވާފައި އެވެ. އޭގެ ތެރޭގައި އުމަރުގެ ވެރިކަމެއްގައި މަސައްކަތް ފަށާނީ 6:30ގައި ކަމަށާއި މަތީ ތައުލީމް ހިލޭ ވާނެ ކަމަށާއި ބިދޭސީންގެ މައްސަލައަށް ހަރުކަށި ސިޔާސަތެއް ގެންނަވާނެ ކަމަށާއި ގޭންގުތަކުގައި ޓެގް އަޅުގައި ގައުމު އަމާންކުރައްވާނެކަމުގައި ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް