ރިޔާސީ އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް އިލެކްޝަނުން ގާއިމްކޮށްފި

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް އިލެކްޝަން ކޮމިޝަނުން ހަމަޖައްސައިފިއެވެ. އިންތިޚާބާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވ...

17 Jul 2018 | 05:44

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް އިލެކްޝަން ކޮމިޝަނުން ހަމަޖައްސައިފިއެވެ.

އިންތިޚާބާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް، އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމުގެ ކުރިންނަމަ، ރަށު އަތޮޅު އަދި ސިޓީ ފޯކަލް ޕޮއިންޓަށްކަމަށް އިލެކްޝަނުން ބުނެއެވެ.

މާލޭގައިނަމަ ޝަކުވާ ބަލައިގަންނާނީ އިންތިޚާބާބެހޭ މަރުކަޒުގައި ހުންނަ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެދުމަށްފަހު ފޯމު ހުށަހަޅާނީ ރަށު ފޯކަލް ޕޮއިންޓަށް ނުވަތަ އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށްކަމަށް އިލެކްޝަނުން ބުނެއެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް